ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނިކޮށް ތިން ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ހުސްނުއް ސުއޫދު މިިދޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާއެކު ފަނޑިޔާާރެއްގެ މަގާމު ވަނީ ހުސްވެފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން ތިރީސް އަހަރު ވެފައިވާ މުސްލިމަކު ކަމުގައިވުމާއެކު އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ، އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެތެރޭގައި ހިމެނެ އެވެ.

އަދި ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން ސާބިތު ދަރަންޏެއް އޮތް ނަމަ ގަވައިދުން ދަރަނި ދައްކަމުންދާން ޖެހޭނެ ކަމަސް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސަސްޕެންޝަންގައި މިވަގުތު ތިބީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން