ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަން ކޮށްފިއެވެ.
މީސްމީޑިއާގައި މިއަދު މިކަން ޢާއްމު ކުރަށްވާފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެގޮތުން ވަޒީރު ސަޢީދު ވަނީ ޝަމްއާއަށް މަރުޙަބާ ވިދާޅުވެފައެވެ.
ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އައްޔަންކޮށްފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވިޝާމް އިސްތިޢުފާ ދެއްވުމުންނެވެ.
މަރިޔަމް ޝަމްއާ އިސްމާއީލް މީގެކުރިންވަނީ ކޮންޒިއުމަރ އޮމްބަޑްސްމަންގެ މަޤާމު ފުރުއްވާފައެވެ. އެމަޤާމަށް ޝަމްއާ ޢައްޔަންކުރައްވާފައިވަނީ 31 އޮގަސްޓު 2021 ގައެވެ.
އޭގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމު ޝަމްއާ އަދާކުރައްވާފައި ވެއެވެ.
އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލަރ އޮފް ލޯސް ހާސިލްކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު