ރާއްޖެއިން މިއަދު 125 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 112 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 106 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8486އަށް ވަނީ އަރާފަ އެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2629 އެވެ.

މިއަދު 180 މީހުން ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 5822 އަށް އަރާފައެވެ. އަދި 29 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 38 ރަށަކުން ކޮވިޑް19ގެ ކޭސްތައް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި 20 ރިސޯޓަކުން ވެސް ކޭސްތައް ފެނިފައިވާއިރު، އޭގެ ތެރޭގައި 45 މުވައްޒަފުންނާއި 17 ފަތުރުވެރިން ހިމެނޭ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން