މަރުކަޒީ ބޭންކް އެމްއެމްއޭއިން އިޤްތިޞާދަށް 15 ބިލިއަން ރުފިޔާ ނެރުމަކީ ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާ އިތުރަށް ބަލިކަށިވާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުހުމަތު ކޮށްފައިވަނީ ސަރުކާރުން އެޗްޑީސީ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ފައިސާ ޗާޕު ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން މިއީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރާ ކަމެއް ކަމަށާއި، އެމްއެމްއޭގެ ގަވަރުނަރު ހުންނެވީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒުގައި ޖެހިފައި ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ އެމްއެމްއޭއިން އިޤްތިޞާދަށް 15 ބިލިއަން ރުފިޔާ ނެރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގެއްލި، އިޤްތިޞާދަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެކަން ޔަގީންވާ ކަމަށެވެ.
“މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ގޮސް، އަދި އޭގެ އިތުރުން ދިވެހި ރުފިޔާ ބަލިކަށިވެ، ރާއްޖޭގެ އެކްސްޗޭންޖު ރޭޓު އިތުރަށް މަތިވަމުން ގޯސްވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް.” އަމީރު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ އަމީރު ވިދާޅުވީ ސަރުކާރުން މި މަހުގެ ތެރޭގައި މި މުޅި މުއާމަލާތް ހިންގައި ނިންމާނެ ކަމަށެވެ. އަދި އެމްއެމްއޭއަށް އިތުރު ބިމެއް ބޭނުން ނުވި ނަމަވެސް ސަރުކާރަށް ފައިސާ ބޭނުންވާ ކަމަށް އަމީރު ވިދާޅުވިއެވެ.
“ރައީސްގެ ވާހަކަފުޅަކަށް އެމްއެމްއޭއިން ގާނޫނާއި އުސޫލުތައް މުގުރާލަން ނުޖެހޭ. އެމްއެމްއޭއަކީ ކުލިން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ބަދަލުވެގެން ނުވާނެ.” އަމީރު މިއަދު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ސްޕޯކްސްޕާސަން މައުރޫފް ޒާކިރު މިއަދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭ ވާހަކަ ބުނުމުން އެކަން އެމްޑީޕީންވެސް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެކަން ކުރީ ކޮވިޑްގެ ޙާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށް މައުރޫފް ވިދާޅުވިއެވެ.
“އެމްޑީޕީ ސަރުކާރުގައި ޗާޕުކުރީ އިޤްތިޞާދު 33 ޕަސެންޓު ދަށްވެ، ޓޫރިސްޓުން އައުން ހުއްޓި، ކޮވިޑާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، ހާލަތެއް މެދުވެރިވުމުން. މިއަދު މިއީ އެ ހާލަތެއް ނޫން. މިހާރު ފައިސާ ޗާޕުކުރުމުން ތަކެތީގެ އަގު ބޮޑުވެ ޑޮލަރުގެ އަގު އަތްނުފޯރާ ހިސާބަށް ދާނެ.” މައުރޫފް ވިދާޅުވިއެވެ.
އޭގެއިތުރުން މައުރޫފް ވިދާޅުވީ މި މުޢާމަލާތާ ގުޅިގެން މިހާ ހިސާބަށްވެސް ސަރުކާރުން މަޖިލީހަށް އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހާޒިރު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށްވެސް މައުރޫފް ވިދާޅުވެފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް ގޮވާލާފަ އެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްޑީޕީން މިފަދަ ގޮތަށް ބުނެފައިވާއިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު