އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަހްމަދު ޒަޔާން މުހައްމަދު، މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، މިއަދު ނޯޓިސް ދެއްވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނެވި ޒަޔާން އިސްތިއުފާގެ ނޯޓިސް ހުށައަޅުއްވާފައިވަނީ މެއި މަހު 15ގެ ނިޔަލަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޒަޔާން މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އިގުތިސާދީ އަދި މާލީ ގޮތުން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށް އަޑުފެތުރިފައިވެއެވެ. ފިނޭންސްގައި އިސް އިކޮނޮމިސްޓެއްގެ ގޮތުގައި ޒަޔާން ހިދުމަތް ކުރައްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެ އެވެ.
އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރަށްވާ ޒަޔާން، މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާއިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ހަމައެއާއެކު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މިއަދު ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު