ތިނަދޫ ސިޓީ ޒޯން ސްޓޭޑިއަމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ސްޕޯޓްސް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން ސަޕޯޓަރުންނަށް ކުޅިބަލަން ތިބެވޭ ގޮނޑި ހަރުކުރުމުގެ މަސައްކަތް މިހާރު ނިންމާފައިިވާ ކަމަށެވެ.

23 އަހަރު ވެފައިވާ ތިނަދޫ ޒޯން ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ 500 ގޮނޑި ހަރުކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ މި ސްޓޭޑިއަމަށް ގެނެވޭ ބަދަލުތަކާ އެކު މިއީ ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ތިނަދޫ ޒޯން ސްޓޭޑިއަމްގައި އިތުރު މުބާރާތްތައް ބޭއްވުމަށް ލިބޭނެ ބޮޑު ފަސޭހައަކަސް ވާނެ ކަމަށެވެ.

ވީރާނާވެފައިވާ ކުޅިވަރު ވަސީލަތްތަކުގެ އާބާތުރަފިލުވައި، ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ތިނަދޫ ސްޓޭޑިއަމްގެ ރޮސްޓްރަމް ސަރަހައްދު ވެސް ވަނީ މަރާމާތުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން