ހުޅުމާލޭގައި ގާއިމުު ކުރި ކޮވިޑް ފެސިލިޓީ
ހުޅުމާލޭގައި ގާއިމުު ކުރި ކޮވިޑް ފެސިލިޓީ
ފެސިލިޓީތަކުން ބައެއް މީހުން ނުކުމެގެންދާ އިރު، އެތަންތަނަށް ގެއްލުންދީފައި ހުންނަކަން ފާހަގަކުރެވޭކަމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފެސިލިޓީތަކަށް ގެންދާ ފަރާތްތައް އެ ފެސިލިޓީތަކުން ނުކުންނައިރު ބެޑްޝީޓް، ބާލީސް އަދި އެހެންކަހަލަ ތަކެއްޗަށް ގެއްލުންދީފައި ހުންނަކަމަށެވެ. އެ ފެސިލިޓީތަކުގެ ފާޚާނާ ފަދަ ތަންތަނަށްވެސް ގެއްލުންދީފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިކަންކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް މިވަގުތު ވިސްނާފައި ނެތް ކަމަށާއި، ނަމަވެސް މިއީ އެއްވެސް ހާލެއްގައި ކުރުން އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. ކޮޓަރިތަކުގައި ބެޑްޝީޓްތައް ހަލާކު ކުރުމާއި ދޮރުފޮތިތައް އިރާފައި ހުރުން ފަދަ ކަންކަން ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"ބައެއް ފަހަރު ވަރަށް ނުތާހިރުކޮށް ތަކެތި ގެންގުޅެފައި ވަރަށް ހަޑިކޮށް ހުންނަކަންވެސް ފެސިލިޓީތަކުން ފާހަގަކުރެވިފައިވޭ." ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުން ކުއްޔަށް ނަގައިގެން މި ތަންތަނުގައި މީހުން ބައިތިއްބަނީ. އަދި ފުދޭ ވަރެއްގެ ހޭދައެއްވެސް ކުރަން އެބަޖެހޭ." ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން