ސީރިއާގެ ހައްދު ފަހަނައަޅާފައިވާ ހަޔާތުއް ޝަމް އަލް ތަހުރީރު(އެޗްޓީއެސް)ގެ ސަރުކާރުގެ ސިފައިން އެ ގައުމުގެ 1000އެއްހާ އާންމުން މަރާލައިފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ އަންހެނުންނާ ކުޑަކުދިން ހިމެނޭހެން ޝަހީދުކޮށްލި އާންމުންގެ އަދަދު 973އަށް އަރާ ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ ސީރިއާގެ ސިފައިން އަލާވީ ދީނުގެގެ ގޭގެއަށް ވަދެ ރޯކޮށް މަގުމަތީގައި ވެސް އަލާވީން މަރާފައިވާ ކަމަށެވެ.
އަދި އަލާވީގެ ބައެއް މީހުން ފިހާރަތަކާއި ގެތަކުގައި ތިއްބައިވެސް މަރާލައިފައިވާ އިރު ބައެއް އާންމުން ވަނީ ސަލާމަތްތެރިކަން ހޯދަން ރަޝިއާގެ އަސްކަރީ މަރުކަޒުތަަކަށް ވެސް ވަދެފަ އެވެ.
ސީރިއާގައި ވެރިކަން ކުރާ އެޗްޓީއެސްއަކީ ކުރިން އައިސިސްއާ ގުޅުން އޮތް ޖަމާއަތެކެވެ. ހުދު އެ ޖަމާއަތުގެ ލީޑަރު މުހައްމަދު އަލް ޝަރާ އަކީ އައިސިސްގެ ކުރީގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީއާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ސީރިއާގެ ވެރިކަމަށް އައުމުގެ ކުރިން ވެސް އެޗްޓީއެސް ފާހަގަ ކުރެވިފައި އޮތީ ތަނެއް ދޮރެެއް ބެލުމެއް ނެގި މީހުންގެ ބޯ ކަނޑައި ދީނުގައި ނަހީ ކުރައްވައިފައިވާ އެތައް ކަމެއް ކުރި ބައެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު