މަރުކަޒީ ބޭންކް އެމްއެމްއޭ
މަރުކަޒީ ބޭންކް އެމްއެމްއޭ
ދައުލަތުގެ ރިޒާވް 18 އިންސައްތަ ކުރިއަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ.

މި އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 708.1 މިލިޔަން ޑޮލަރުގައެވެ. މިއަދަދު ފެބުރުއަރީ މަހުގެ ނިޔަލަށް ވަނީ 832.1 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. އެހެންކަމުން މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެއާއެކު ދަޢުލަތުގެ ޔޫޒަބަލް ރިޒާވްވެސް ވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުވެފައެވެ. މިއަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 116 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ އަދަދު ފެބްރުއަރީ މަހުގެ ނިޔަލަށް ވަނީ 179.1 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.

މިއީ މަހުން މަހަށް އަޅާ ބަލާއިރު 54 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހަށް ބޭނުން ކުރެވޭ ރިޒާވަށް 63 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.

ދަޢުލަތުގެ ބޭނުންކުރެވޭ ރިޒާވްގެ މިންވަރު އިތުރުވެފައިވާއިރު އެމްއެމްއޭ އިން މީގެކުރިން ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު މިއަހަރު ދާނީ ކުރިއަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން