މި ސަރުކާރުން ފައިސާ ޗާޕުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި މައްސަލަ ބަލައި ނުގަންނަން ނިންމީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ނެތުމުން ކަމަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލައާ ގުޅޭ ގޮތުން ވޯޓަކަށް ވެސް ނާހައެވެ.
ނިއުޝާދު ހުށަހެޅުއްވި މައްސަލައިގައި ބުނީ އެމްއެމްއޭއިން ފައިސާ ނެގުމުގެ ބޭނުމުގައި އެޗްޑީސީގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމުގެ މުއާމަލާތް ހިންގުމަށް ފަހު އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށްޓަކައި ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެެން ނަމަވެސް މިއީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި ހިލާފަށް އެމްއެމްއޭއިން ސަރުކާރަށް ފައިސާ ނެގުން ކަމަށް ވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އަދި އެ ނިންމުމަކީ އޭގެ ސަބަބުން މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލި ދިވެހި ފައިސާގެ އަގު ވެއްޓިގެންދާނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވަ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން އެކަމާމެދު މަޖިލީހުގައި ބަހުސްކުރަން އެ މައްސަލައިގައި ގޮވާލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު