މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު ވާހަކަތައް ފަތުރަމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވީ މި ސަރުކާރަކީ ބަހާ އަމަލާ ދިމާނުވާ ސަރުކާރެއް ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން މި ގައުމަށް ލިބުނު ގެއްލުން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ހަމައެއާއެކު ފައިސާ ޗާޕު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަން ފާހަގަ ކުރަށްވަމުން ފަލާޙް ވަނީ އެމްޑީޕީންވެސް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ.
“ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ފައިސާ ޗާޕު ނުކުރާނެ.” މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވިއެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ހަމައެއާއެކު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް އިއްޔެ ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.
މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު