މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝުހާދަކީ އެމްއެމްއޭގެ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރަށްވާ މެންބަރެވެ. އޭނާ މިއަދު އިސްތިއުފާ ދެއްވިއިރު، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަހުމަދު ޒަޔާން މުހައްމަދު އިއްޔެ ވަނީ އިސްތިއުފާ ހުށައަޅުއްވާފައެވެ.
ޝުހާދާއި ޒަޔާން އެމްއެމްއޭގެ ބޯޑުން އިސްތިއުފާ ދެއްވާފައިވަނީ އިޤްތިޞާދީ އަދި މާލީ ގޮތުން އެމްއެމްއޭއިން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށް އަޑުފެތުރިފައިވެއެވެ.
މި ދެބޭފުޅުންގެ އިތުރުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި އިމާދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފަށައިފައެވެ.
އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ހުށައަޅުއްވަމުން ގެންދަވާއިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެ ނިންމުން ރިވިއު ކުރުމަށް އެމްއެމްއޭގެ ބޯޑަށް ހުށައެޅުމުން އެކަމަށް ގަވަރުނަރު މުނައްވަރު ދެކޮޅު ހައްދަވާ ކަމަށް ބުނާ ޚަބަރެއްވެސް ދަނީ ދައުރުވަމުންނެވެ.
ހަމައެއާއެކު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން މިހާރު ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު