ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ހަރަދު ކުރުމަށްވުރެ ސަރުކާރުން ބޭނުންވަނީ އެހެން ކަންކަމަށް ހަރަދު ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މެމްބަރު ދީދީ މިހެން ވިދާޅުވެފައިމިވަނީ ޓީވީ ޕްރޮގްރާމެއްގައި އައްޑޫ ސިޓީގެ ކަރަންޓު މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އައްޑޫގެ ކަރަންޓު މައްސަލައަކީ މި ސަރުކާރު ފެށުނީއްސުރެ ދިމާވަމުން އަންނަ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އެކަން ހައްލު ނުކުރެވި އޮތީ ކުރީ ސަރުކާރުން އެކަން ކޮށްފައިވާ ގޮތުން ކަމަށް މި ސަރުކާރުން ބުނަމުންދާ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ ސަރުކާރުން މިހެން ބުނި ކަމުގައި ވީނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު ސެންޓްރަލް ޕަވަރަ ސްޓޭޝަނަށް ބޭނުންވާ ޖަނެރޭޓަރުތަކާއި އެފަދަ ކަންކަމުގެ ވަރަށް ރަނގަޅު ޕްލޭނެއް އޮތް ކަމަށެވެ. އެހެންނަމަވެސް އެ ޕްލޭން މި ސަރުކާރުން މަޑު ޖައްސާލި ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަދި ކަރަންޓުގެ މައްސަލަ ދިމާވާއިރަށް ސަރުކާރުން ކޮންމެވެސް ކަހަކަ އުންމީދީ ޖަވާބެއް ދޭ ކަމަށާއި، އެހެން ނަމަވެސް ސަރުކާރަށް ދޮޅު އަހަރު ވެގެންދާއިރު މިކަމަށް ދާއިމީ ހައްލެެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް މެމްބަރު ފާހަގަ ކުރެއްވިއެވެ.
އަދި މި މައްސަލައަކީ ފަސޭހަކަމާއެކު ހައްލު ކުރެވޭނެ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ނުކުރަނީ މި ސަރުކާރަކީ ރައްޔިތުންނަށް އަޅާލުން ކުޑަ ސަރުކާރަކަށް ވާތީ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ އަސާސި ހައްގު ތަކަށްވުރެ ބޮޑަށް އެމީހުން ބޭނުންވާ އެހެން ކަންކަމަށް ސަރުކާރުން ހަރަދު ކުރާ ކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ.
މެމްބަރު ދީދީ އިތުރަށް ވިދާޅުވީ އައްޑޫގެ ރައްޔިތުން ރޯދަ މަހު ކަނު އަނދިރީގައި ތިބެން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން އެހެން ވުމަކީ ސަރުކާރު ނުހިނގާ ކަމުގެ ދަލީލެއް ކަމަށެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް އައްޑޫ އަށް 1000 ކިލޯވޯޓުގެ ޖެނެރޭޓަރެއް ފޮނުވާފައިވާ ކަމަށް ފެނަކައިން މިއަދު ވަނީ ހާމަކޮށްފައެވެ. އަދި މި ޖެނެރޭޓަރު އަންނަ ބުރާސްފަތި ދުވަހު އައްޑޫ އަށް ގެންދެވޭނެ ކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ. އަދި އިންޑިއާއިން ގެންނަ 1800 ކިލޯވޯޓު އިންޖީނާއެކު ފުރި އުޅަނދުވެސް ތާވަލާ އެއްގޮތަށް ދަތުރު ކުރަމުންދާ ކަމަށްވެސް ފެނަކައިން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު