ތިނަދޫ ދާރުލް އާސާރުން ބަޔަކު ގެއްލުންދީފައި (ފޮޓޯ: ހުވަދޫ ނިއުސް)
ތިނަދޫ ދާރުލް އާސާރުން ބަޔަކު ގެއްލުންދީފައި (ފޮޓޯ: ހުވަދޫ ނިއުސް)
ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ރޭ ބަޔަކު ވަގަށް ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.

ރޭގެ ވަގުތެއްގައި ހުވަދޫ ސަރަހައްދީ ދާރުލް އާސާރަށް ގެއްލުންތަކެއް ދިނުމަށްފަހު އެތަނަށް ވަގަށް ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައި ވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.



އެމައްސަލަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ ކޮމްޕިއުޓަރ ސިސްޓަމްތަކަކާއި، "ރަންދިހަފަހެއް" ނޫޓް ސީރީޒްގެ ޑިސްޕްލޭކޮށްފައިވާ ނަމޫނާއެވެ.

މިކަމާބެހޭ އިތުރު ތަފްސީލް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން