ހައްޔަރުކުރި މީހުން
ހައްޔަރުކުރި މީހުން
ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއާއެކު ޑްރަގު ވިއްކާ ގްރޫޕެއް އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުހައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ސަލާޙު ޝިހާބް (45އ) އެވެ.

ފުލުހުނަ ބުނީ އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށާއި އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގުރާމު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އިމާދު ދޫކޮށްލިއިރު ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ. އިމާދު ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން