ނިހާޔަތު--
ނިހާޔަތު--
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ނިމިގެން ދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު އޮތީ ހުޅުވާލައިފަ އެވެ.

މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ނިޔާހަތު އެކަނިކަމަށް ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުރިން ސިވިލް ކޯޓުގެ ގާޒީކަމާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ނިހާޔަތު ފުރުއްވި އެވެ. އަދި އޭނާ 2016 އިން 2019އަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އެވެ.

ސުޕްރީމް ކޯޓުުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން ތިރީސް އަހަރު ވެފައިވާ މުސްލިމަކު ކަމުގައިވުމާއެކު އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެތެރޭގައި ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ ސަސްޕެންށްކޮށްފައި ހުންނަވަނިކޮށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެވެ. ސުއޫދުއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ފުރުއްވަމުންގެންދަވާ އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވެސް ސަސްޕެންޑްކުރި އިރު އެ ބޭފުޅުންގެ ސުލޫކީ މައްސަަލަ މިހާރު ދަނީ ބަލަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން