ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރަސްމީ ގަޑީގައި, ރަސްމީ މަސައްކަތްތައް ދޫކޮށް ކާރުކޮޅުގައި މީހުން އުފުއްލަވަން އުޅުއްވި ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

ޖޭއެސްސީއަށް މައްސަލަ ހުށަހަޅަމުން އެފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށް، ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވެވަޑައިނުގެން އެދުވަހު އުޅުއްވީ ރަސްމީ މަސައްކަތް ދޫކޮށް އެއާޕޯޓަށް މީހުން އުފުލަން ކަމަށެވެ.

އަދި އެދުވަހު ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވެވަޑައިގެންނެވީ އަޑުއެހުން ފަށަން ތާވަލުކޮށްފައިވާ ގަޑި ފާއިތުވެދިޔަ ފަހުންކަމަށްވެސް މައްސަލާގައި ބުނެފައިވެއެވެ.

އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް އެފަރާތުން ވަނީ ޖޭއެސްސީގައި އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އެދުވަހު ކޯޓަށް ވަޑައިގެންނެވީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، އަޒްމިރަލްދާ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑުވެސް ކުރިފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން