ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާ ތ. ވިލިފުށިން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެެވެ.

ޗެނަލް 13 ގެ ލައިވް ޕްރޮގުރާމެއްގައި މީހަކު މިފަދަ ގޮތަކަށް ވާހަަކަ ދެއްކުމާއި ގުޅިގެން އެޗެނަލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ޗެނަލް13އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ. ޗެނަލް 13 އިން ވަނީ އެވާހަކަ ބްރޯޑްކާސްޓް ކުރެވުނީތީ ބެލެންތެރިންގެ ކިބައިން މާފަށް ވެސް އެދިފައެވެ.

އެމައްސަލައިގައި ޗެނަލް 13 ގެ އިސްވެރިން އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުންނެވެ. ރައީސްގެ ހަށިކޮޅަށް އަނިޔާ ދޭން ގޮވާލި މައްސަލަ ބްރޮޑްކޮމް އިން ވެސް އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން