2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މިހާރުގެ ވިލިމާލެެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލުގެ މައްޗަށް ކުރި ތުހުމަތަކީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް ވިދާޅުވެ އެ މައްސަލަ ތަހުގީގުކުރި ދެ ފުލުސް އޮފިސަރުން ވަކިކުރަން އޭނާ ގޮވާލައްވައިފި އެވެ.
އެ މައްސަލައިގައި މުހައްމަދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެ ދައުވާތައް ކުރިއަށް ނުދާާތާ މިހާރު ދުވަސް ގަނޑެއްވަނީ ވެފަ އެވެ. އަދި އެކަން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޯމިޓީއަށް މުހައްމަދު ވަނީ ހަމަޖައްސައިފަ އެވެ.
މުހައްމަދު 241 ކޮމިޓީއަށް އައްޔަނުކުރުމުން އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އޭނާ މިއަދު އެކްސްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އޭރުގެ އެމްޑީޕީގެ ސަރުކާރުގެ އިސްވެރިން ބުނެގެން އުފެއްދި ތުުހުމަތުތަކެއް ކަމަށެވެ.
އަދި ފުލުހުންގެ ދެ އިންވެސްޓިގޭޝަން އޮފިސަރުން ކަމަށްވާ ޝުވައިބާއި ހުމައިން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ނަވީން އެންގެވިގޮތަށް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
"އައިއޯ ޝުވައިބްއާއި އައިއޯ ހުމައިމް މީ ވަގުތުން ވަގުތައް ޕުލުސް އޮފީހުން ވަކިކުރަންޖެހޭ. ފުލުހުންގެ ހުވަޔާ ހިލާފުވެފަ މަގާމުގަ ދެމިއެތިބެނީ. ގަސްތުގަ އެނގިހުރެ މީހަކައް ނުހައްގުން އަނިޔާވެރިވެފަތިބި ދެ މުޖުރިމުން [އެއީ]" މުހައްމަދު އެކްސްގައި ވިދާޅުވި އެވެ.
ޔޯގާ ހަމަނުޖެހުން ހިނގިއިރު ވެސް މުހައްމަދު އުޅެމުން ދިޔަީ ޕީއެންސީގެ ހަރަކާތްތަކުގެ ތެރޭގަ އެވެ. ނަމަވެސް އެ މައްސަލައިގައި ޕީއެންސީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މުހައްމަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި މީހުންނަކީ އޭނާ ޖަލަށް ދިއުމުގެ ކުރިން ދުވަހަކުވެސް ފެނިދެނިވެ، ބައްދަލުވެފައިވާ ބައެއްވެސް ނޫންކަމަށެވެ.
މުހައްމަދު ސަލާމަތީ ކޮމިޓީއަށް ލުމުން އިދިކޮޅަށް ތާއީދުކުރާ ނޫހަކުން އެކަމަށް ފާޑުކިޔައި ޖަހާފައިވާ ޚަބަރަށް، ޕީއެންސީ މަޖިލިސް މެންބަރު އަޒާން ވަނީ ތާއީދުކޮށް އެ ޚަބަރު އަލުން ޕޯސްޓު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު