ކޯވިޑް-19ގެ ޙާލަތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމްކުރާ ޙައްޤުތައް ބަޔާންކޮށް ހުށައަޅާފައިވާ "ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ބިލު 2020" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެެ.
މިބިލް ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 57 މެންބަރުންގެ ޢިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މި ބިލަށް ގެނައި މުހިއްމު އިސްލާޙްތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި މުސާރައިން ނުކެނޑޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.
ކޮވިޑް 19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅާ ފިޔަވަޅަކާއި ގުޅިގެން އޭނާ ވަޒީފާއަށް ނުކުންނަން ޖެހޭ ތާރީހަށް އޭނާ ވަޒީފާ އަދާކުރާތަނަށް ނުދެވިއްޖެ ނަމަ އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަން ޖެހުނު މުއްދަތުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހުމަކާ ނުލައި މުސާރަލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ވާނެކަމަށް ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ވާނެ ކަމަށްވެސް އެބިލުގައި ވަނީ ބުނެފަ އެވެ. އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުންނެވެ.
ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ކޮވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރައިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން މުވައްޒަފާ މެދު ފިޔަވަޅު އަޅާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހާއި ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފަައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހާ، ދެ ތާރީހު ތެރެއިން ފަހުން ބައްދަލުވާ ތާރީހުގެ ތެރޭގައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުުރުން ކޯވިޑް-19ގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށްވެސް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުމަށް ކޮމިޓީންވަނީ ބިލަށް އިސްލާޙް ގެނަސްފައެވެ.
ޖުމުލަ 12 އިސްލާހެއް މި ބިލަށް ހުށައަޅާފައިވާއިރު މިއީ ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އެކި ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު