މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އަކީ މާލީ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މާލީ ވުޒާރާގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ލަފާ ދީފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.
“މި ނިންމެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އަކީ، 2025 މާރިޗު 11ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ނިންމަވައިފި.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މިއަހަރުގެ ޖެނުއަރީމަހުގެ 21 ގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ އޯފް-ޝޯ ފައިނޭންސިން އާއި، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އުފައްދާފައިވާ އިދާރާއެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ އެމްއައިއެފްއެސްއޭގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަނު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު