މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް އެ މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުން ފޮނުވި ބިލުތަކަކީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މެންބަރަކު ކައިވެނިކޮށްގެން އުޅޭ ނަމަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މާލީ ބަޔާނާއި އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިން ހިމޭނޭ ގޮތަށް މާލީ ބަޔާން ހުށަހަޅަން ލާޒިމުވާ ގޮތަށް ފޮނުވި ބިލުތަކެކެވެ. މާލީ ހިސާބުތައް ތައްޔާރު ކުރާނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައި އިއުލާންކޮށްފައިވާ ނަމޫނާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގޮތަށް ބަދަލު ގެންނަން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށާއި، އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި، އިލެކްޝަން ކޮމިޝަންގެ ގާނޫނަށާއި، އޮޑިޓް ގާނޫނަށާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ގާނޫނަށް ވެސް އެ އިސްލާހު ގެންނަން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.

ބިލުގައި މިހާރު ގެނެސްފައިވާ އިސްލާހުތަކާއިއެކު ކޮމިޝަންގެ މެންބަރަކު އުޖޫރައެއް ނުވަތަ އާމްދަނީއެއް ލިބޭނެ އިތުރު މަސައްކަތެއް ނުވަތަ ވަޒީފާއެއް ނުވަތަ ވިޔަފާރިއެއް ނުކުރެވޭނެއެވެ. އަދި އަމިއްލަ މުދަލެއް ވިއްކުން ފިޔަވައި އެއްވެސް ވިޔަފާރިއެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.

މިނިވަން ކޮމިޝަންތަކަށް މިފަދަ ބަދަލުތަކެއް ގެނެސްފައިވަނީ ކޮމިޝަންތަކުގެ ނަޒާހާތްތެރިކަމާއި މިނިވަންކަން އަދި އިތުބާރު ރައްޔިތުންގެ ހިތުގައި ކަށަވަރު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ބަލީދު

07-Sep-2020

އެަކަމުންނދެން ކޮންކަމެއް ވަނީ.ކާންދޭން ބޭނުންވާ މީހުނަށް ކެވޭނެ ގޮތް ހަދާފަ އޮތީ. އަދި އަބަދުވެސް އެ ގޮތް އޮންނާނެ ތަނަވަސްކޮއްފަ



ޓްރެންޑިން