މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީއިން ބުނީ ލިވަޕޫލްއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއަށް 100،000 އަށް ވުރެ ގިނަ ފަތުރުވެރިން ގެނެވި، ފަތުރުވެރިކަމުގެ އާމްދަނީ އަށް 100 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ދަނޑުގައި ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ފެންނަން ހުންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މި އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން ފެށިގެންނެވެ.
ރާއްޖެ އިޝްތިހާރު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްއާއެކު ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލިވަޕޫލްގެ އެކެޑެމީއެއް ރާއްޖޭގައި ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ދާއިރާ އިތުރަށް ވަރުގަދަ ކުރުން ހިމެނެ އެވެ.
ލިވަޕޫލަކީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބެލި ޓީމެވެ. އެގޮތުން ފާއިތުވި ސީޒަންގައި 471 މިލިއަން މީހުން ލިވަޕޫލްގެ މެޗުތައް ބަލާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު