ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔުމަށް ދެ ޖިންސު ވަކިން ފުރުސަތު ހުޅުވާލެވުނު ކަމަށާއި އެގޮތުން ޖުމުލަ 102 މުވައްޒަފުން އެކަމަށް ކުރިމަތި ލާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ޝަރުތު ހަމަވީ 84 މުވައްޒަފެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އުމްރާގެ އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތުގައި 218 މީހުން ކުރިމަތިލާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 215 މީހެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

2023 ވަނަ އަހަރާ ހަމައަށް ހައްޖާއި އުމްރާގެ ފުރުސަތު ދިނީ ކޮންމެ ބަޔަކުން ވެސް އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށެވެ.

ނަމަވެސް، ޕޮލިސީއަށް މިދިޔަ އަހަރު ބަދަލު ގެނެސް، ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފަކު ހޮވަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުން:

• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ

• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާގެ އަޅުކަން އަދާކުރަން ގުރުއަތުން ހޮވުނު މީހުން:

• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ

• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ

• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް

ސްޓެލްކޯ އިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބި މީހުންގެ ތެރެއިން ކުރިމަތިލާ މީހުންނަށެވެ. އުމްރާގެ އަޅުކަމަށް ފުރުސަތު ދެނީ ފަސް އަހަަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރަމުންދާ މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން