ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު
ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަތިޔާރު އެޅި ބޭރު ގައުމެއްގެ ސިފައިންނެއް ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ރާއްޖޭގައި މިލިޓަރީ ބޭސް އެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ނެތް ކަމަށެވެ.

އެހެން ނަމަވެސް ހިއުމަނިޓޭޓާސް އާއި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާ ބޭރު ގައުމު ތަކުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޝަމާލު ވިދާޅުވިއެވެ.

"މިލިޓަރީ ޕްރެސެންސް އެއް ރާއްޖޭގައި ނެތޭ ވަރަށް ކެރިގެން މި ދަންނަވަނީ، މިލިޓަރީ ޕްރެސެންސް އަޅުގަނޑުމެން މިކިޔަނީ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބި އެމީހުންގެ މަގުސަދުތަކެއް ހާސިލް ކުރުމަށް ތިބޭނަމަ ސިފަކުރާނީ މިލިޓަރީ ޕްރެސެންސް އެއް ގޮތަށް. އެހެން ނޫން ޓެކްނީޝަނުން ހިއުމަނިޓޭރިއަލް ރޯލްގައި އަޅުގަނޑުމެންގެ ބޭނުންތަކެއް ފުއްދައިދިނުމުގައި އެބަތިބި. މިސާލަކަށް ހެލިކޮޕްޓަރ އޭގައި ޓެކްނިކަލް މީހުން އެބަތިބި. ހަމައެއާއެކު އެމްއާރުސީސީ މިހާރު އަޅުގަނޑުމެން އެބަ ވާހަކަ ދައްކަން އިންޑިޔާގައި އަޅުގަނޑުމެންގެ ސިފައިން ބައިތިއްބަން ވެސް އެއީ ވައިޓް ޝިޕިން މޮނީޓާކޮށް މިހިރި މިހިރި ކަންކަން މޮނީޓާކުރުމަށްޓަކައި." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ވިސްނުމަކީ ހުރިހާ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ގައުމުތަކާއި ވަކިން އެކަހެރިވެގެން މަސައްކަތް ކުރުމަކީ ދަތި ކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

" ރާއްޖެ އައިސޮލޭޓްވެ މުޅިން ހުރިހާ ކަމަކުން ސަލާމަތީ ކަންކަމުން އެކަހެރިވެގެން އޮންނަ ގައުމެއްގެ ބަދަލުގައި ބޭނުންވަނީ ގައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް. ދެން ގުދުރަތީ ގޮތުން ވެސް އެންމެ ކައިރީގައި މި އޮންނަނީ އިންޑިއާ. ޒަމާންވީ ރައްޓެހި ކަމަކާއި އެކުވެރިކަމަކާއި އޮތް ގައުމެއް އެއީ. ރާއްޖެ އަށް ދިމާވި ބޮޑެތި ކަންކަމުގައި އިންޑިއާ އިން ވަނީ އެހީތެރިވެދީފަ." ޝަމާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ހާދީ

07-Sep-2020

މިތިއްބެވީ ގޯސްމަތިންލާފަ ތިއްބެވި ކޮމާންޑަރުންތަށް. ބަނދުގައި އެއްޗެއަ ބާއަވާފަ ބުނީމަ.ރައްޔިޔުން ގުނބޯ ހެއްދޭނެ ކަމަށް ދެކެނީ. ހަތިޔާރު އެޅި ލަޝްކަރެއްގެ ވާހަކަ ކާކުތަބުނީ. މިކިޔަނީ ކަލޭމެން އެމީހުންދަށުގެ ރާއްކެ އަޅުވެތިވެއްޖެޔޭ.



ޓްރެންޑިން