ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ﷲގެ ހަޒްތަރުގައި ދުއާ ދަންނަވަން ލަދު ގަނެގެން ނުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ބަދުުރު ހަނގުރާމައިން ލިބުނު ފިލާވަޅުތަކަށް އަލި އަޅުވާލައި މިއަދުގެ ހުތުބާގައި ބުނީ އެ ހަނގުރާމައިން ލިބުނު އެއް ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުއާ ކުރުމުގެ މުހިއްމުކަން ކަމަށެވެ. އަދި ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

އަދި ވަކީލު ކުރުމާއި ޢަޒުމު ވަރުގަދަވުމުގެ ސަބަބުން އެ ދުވަހު މުސްލިމުންގެ ލަޝްކަރަށް ކާމިޔާބު ލިބުނުކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

"ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުއާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާ ކަމަށެވެ. އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނު ކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.

ރޯދަ މަހުގެ 17 ވަނަ ދުވަހު ކުރި ބަދުުރު ހަނގުރާމައަކީ އިސްލާމީ ތާރީހުގައި ވެސް ކުރި ފުރަތަމަ ހަނގުރާމަ އެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން