ފީ ނުދައްކާ ފަތުުރުވެރިން އދ. ދިގުރަށުން ބޭލި މައްސަލަ އެލްޖީއޭއިން ބަލަން ނިންމައިފި އެވެ.
ދިގުރަށުގެ ރައްޔިތުން ފިޔަވައި އެހެން މީހުން އެ ރަށުގައި އޮންނަ ދިގު ތުނޑިއަށް ދެވޭނީ ކައުންސިލަށް ފީއެއް ދައްކައިގެން ނެވެ. އެހެން ނަމަވެސްް ފަތުރުވެރިންނާއި އެހެން ރަށް ރަށުގެ ރައްޔިތުން ވެސް ދިގުރަށަށް އައިސް ފީ ނުދައްކާ މައްސަލަ ބޮޑުވުމުން އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ނުކުންނަވައި ފަތުރުވެރިންތަކެއް ރަށުން ބޭލި މައްސަލަ ވަނީ ހޫނުވެފަ އެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވާމަންޓް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ މިއީ ވަރަށް ހިތާމަވެރިކޮށް ހިނގައިދިޔަ ކަމެއް ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ރަށްރަށުގައި ހަދާފައިވާ ގަވާއިދުތަކަށް ބޯލެނބުމުގެ މުުހިންމުކަންވެސް ފާހަގަކުރައްވައި މިނިސްޓަރު ވަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔައި އެ މީހުންނަށް ކުޑައިމީސް ވާނެ ފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ގޮވާލައްވައިފަ އެވެ.
ދިގުރަށު ކައުންސިލުން އަމަލުކުރި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ.
ދިގު ރަށުގެ ތުނޑިއަކީ މުޅި ރާއްޖޭގައި ވެސް އޮންނަ އެފަދަ އެންމެ ދިގު އެއް ތުނޑި އެވެ. ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު އެ ތުނޑިއަކީ މިހާރު ދިވެހީންގެ މެދުގައިވެސް މަގުބޫލު ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު