ވައިގޮޅިއެއް--
ވައިގޮޅިއެއް--
މާލޭގެ ގެސްޓު ހައުސްއެއްގެ ވައިގޮޅިއަކަށް ވެއްޓުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާ މައުލޫމާތު ލިބުނީ ރޭ 2:55 ކަންހާ އިރު ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު ވެއްޓިފައި އޮތް މީހާ ނަގައިގެން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށެވެ.

އެ ހާދިސާގެ އިތުުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އަދި ވެއްޓިފައި އޮތީ ކޮން ގައުމެއްގެ ކޮން ޖިންސެއްގެ މީހެއް ކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދި ވެއްޓުނު މީހާ ގެންދިޔައީ ކޮން ހޮސްޕިޓަލަކުން ކަންވެސް ސާފެއް ނުވެއެވެ. އަދި އޭނާގެ ހާލުވެސް ސާފެއް ނުވެއެވެ.

ވައިގޮޅިތަކުން ވެއްޓި މީހުން މަރުވުމުގެ ހާދިސާތައް ވެސް ރާއްޖޭގައި ކުރިންވެސް ހިނގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން