ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހީމް ޝަހީބަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މިމައްސަލަ ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު މިހާރުވެސް ފުރުއްވަމުން ގެންދަވާ އިބްރާހީމް ޝަހީބަކީ އެ މިނިސްޓްރީގައި ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ބޭފުޅެކެވެ. ޝަހީބަށް ރުހުން ދެއްވުމަށް މަޖިލީހުން ވޯޓު ދެއްވާފައިވަނީ 57 މެމްބަރުންނެވެ.

1991 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި ހިދުމަަތް ކުރައްވަމުން ގެންދަވާ ޝަހީބަކީ ކެރިއާ ޑިޕްލޮމެޓެކެވެ. މިފަހުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުންނަކީވެސް ސިޔާސީ ބޭފުޅުންނަށްވުރެ ބޮޑަށް ކެރިއާ ޑިޕްލޮމެޓުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން