އެމްޑީޕީން މިހާރު ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސް މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެކްޓިވިސްޓަކު ދެއްކި ވާހަކައާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން ހަމައެކަނި ބަޔާނެއް ނެރުމުން ނުފުދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރާ މަރިޔަމް ޒުބައިރު މުޒާހަރާއެއްގެ ތެރެއިން ރައީސް މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވޭޕާއި ގުޅުވައި ދެއްކި ވާހަކައާ ގުޅިގެން އެޗްއާރުސީއެމާއި އީސީން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެ އެފަދަ ކަންކަން ނުކުރުމަށް ގޮވާލާފައެވެ.
އެ ދެ މުއައްސަސާއިން ބަޔާންތަކެއް ނެރެ އެކަން ކުށްވެރިކޮށްފައި ވަނިކޮށް ޢަބްދުއްރަހީމް މިއަދު އެކްސްގައި ވިދާޅުވީ، ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލައި ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އަބްދުއްރަހީމް ވަނީ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައްވާފައެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދާ ނުލާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ ކަމަށްވެސް ޢަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ.
މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ގިނަ އިދާރާތަކަކުން ބަޔާންތައް ނެރެމުންްދިޔަ ނަމަވެސް އެމްޑީޕީން ބުނަމުންދަނީ އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މަސައްކަތް ކުރަމުންދަނީ ރައީސް މުޢިއްޒުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ…
— Abdul Raheem Abdulla (@Banafsaa) March 14, 2025
މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ގިނަ އިދާރާތަކަކުން ބަޔާންތައް ނެރެމުންްދިޔަ ނަމަވެސް އެމްޑީޕީން ބުނަމުންދަނީ އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މަސައްކަތް ކުރަމުންދަނީ ރައީސް މުޢިއްޒުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް އެޕާޓީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު