ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ފޮޓޯ: ގޫގުލް
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ފޮޓޯ: ގޫގުލް
ހުސްވެފައުވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ތިން ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.

މި މަގާމަށް ބޭފުޅަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރަތަމަ ފަހަރަށް އިއުލާން ކުރީ މިދިޔަ ހަފްތާގައެވެ. އެފަހަރު މަގާމަށް ކުރިމަތިލީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

އެހެންވެ، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލުން ފުރުސަތު ހުޅުވާލީއެވެ.

ދެވަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގެ ސުންގަޑި މިއަދު ހެނދުނު 10 ޖެހިއިރު ވަނީ ހަމަވެފައެވެ.

އަލުން ފުރުސަތު ހުޅުވާލުމުން މި މަގާމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި، ނިހާޔަތުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

މި މަގާމު ހުސްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ ޖޭއެސްސީންނާއި އޭސީސީއިން އޭނާއާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން