އެސްޑީއެފްސީގެ އެމްޑީގެ މަޤާމުން ވަކިކުރެއްވި އާއިޝަތު ފިފްޝީން އަލީ
އެސްޑީއެފްސީގެ އެމްޑީގެ މަޤާމުން ވަކިކުރެއްވި އާއިޝަތު ފިފްޝީން އަލީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފިފްޝީން އެމަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންނެވެ.

އެސްޑީއެފްސީން ދަނީ މައިގަނޑު 7 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން