ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ދެވަނަ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް ވެސް ސިއްރު ކުރަން ނިންމައިފި އެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒްމިރާލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ވިދާޅުވީ، ދެވަނަ މައްސަލަ ވެސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރާލްދާ އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ނުދޭން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ޝަމީލް ވިދާޅުވީ ޖޭއެސްސީން މިގޮތަށް ނިންމީ އާންމު މަސްލަހަތަށް ގެއްލުންވެދާނެތީ ކަމަށް ބުނެ ކަމަށެވެ.

އަޒްމިރާލްދާއާ ގުޅޭގޮތުން ޖޭއެސްސީން ދެ މައްސަލައެއް ބަލަމުންދާއިރު، ފުރަތަމަ މައްސަލަ ވެސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރާލްދާގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަޑުއެހުން ވެސް ސިއްރުކޮށްގެން ކުރިއަށްގެންދަން ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލަައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ އާއި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.

މި ދެ މައްސަލައާއި ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާއާ އެކު ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. އެ ދެ ފަނޑިޔާރުން ވެސް މިވަގުތު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން