ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން. ފޮޓޯ: މިނިސްޓްރީ
ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން. ފޮޓޯ: މިނިސްޓްރީ
ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ހަވާލު ކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ފެނަކަގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިސްލާމީ މަރުކަޒަކީ ނަމާދުކުރާ ބައިގެ އިތުރުން ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމްތައް ހިމެނޭ މަރުކަޒެއް ކަމަށެވެ.



މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާއި 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް މިނިސްޓްރީމް ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން