އެމެރިކާގެ ތިން ސްޓޭޓަކަށް ތޫފާނެއް އަރައި ގިނަ ގެތައް ހަކާލުވެ މިހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ތޫފާނުގެ ވަރުގަދަ ކަމުން ބައެއް ހިސާބުތަކުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މީހުން ސަލާމަތްކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތައް މިހާރު ވަނީ އެކްޓިވޭޓް ކޮށްފައެވެ.
ހައިވޭ ޕެޓްރޯލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދުތަކަށް ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވުމުގެ ސަބަބުން ގަސްތަކާއި ކަރަންޓް ލައިންތަކުގެ އިތުރުން މީހުން ދިރިއުޅޭ ތަންތަނާއި އަދި ވިޔަފާރި އިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
ތޫފާނުގެ އަސަރު ކުރި އާކަންސަސް ސްޓޭޓުގެ އޮފިޝަލަކާ ހަވާލަދީ ބޭރުގެ މީޑިޔާއަކުން ބުނީ ތޫފާނުގައި ތިން މީހަކު މަރުވެ 29 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ސްޓޭޓްގެ ގަވަރުނަރު ސާރާ ހަކަބީ ސެންޑާސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ.
"ރޭގެ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ސާވޭ ކުރުމަށް ޓީމުތައް ނެރެ، އެހީތެރިވުމަށް ފަސްޓް ރެސްޕޮންޑަރުން މިހާރު ހަރަކާތްތެރިވާނެ،" ހަކަބީ ސެންޑާސް ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ތޫފާނުގެ ބާރު ގަދަވެ ދެކުނުގެ ސަރަހައްދުތަކަށް މިހާރަށްވުރެ މޫސުން ގޯސްވެ 100 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދަކަށް އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން މިހާރު ވަނީ ބުނެފައެވެ.
މީގެއިތުރުން، އެމެރިކާގެ އޮކްލަހޯމާގެ ބައެއް ސަރަހައްދުތަކުގައި 130 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ މިހާރުވެސް އަލިފާނުގެ ސަބަބުން 200 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު