އަހުޒަމް އަޙްމަދު   16 މާރިޗު 2025 - 12:30
ސްޓެލްކޯގެ އިންޖީނުގެ އެނެކްސް 2 ހުޅުވުން
ސްޓެލްކޯގެ އިންޖީނުގެ އެނެކްސް 2 ހުޅުވުން
މިއަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވައިފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިންޖީނުގެ ހުޅުވީ ސްޓެލްކޯގެ ދިދަ އާއި ގައުމީ ދިދަ ނެގުމާއެކު އެވެ.

ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާ އެވެ.

ސްޓެލްކޯއިން ބުނީ އެ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގޭތެރެއިން މި ވަގުތު 7 ޖަނަރޭޓަރުސެޓް ބަހައްޓާފައިވާ އިރު އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެސް މި ރޯދަމަސް ނިމުމުގެ ކުރިން ބަހައްޓާނެ ކަމަށާއި އެއާއެކު އެ އިންޖީނުގޭގެ ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އާ އިންޖީނުގެއާއެކު ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށެވެ. އަދި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ދެން ނުކެނޑޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށެވެ.

އަދި ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން