ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު އެކުލަވާލަނީ އިންސާނުންގެވެސް ރައްކާތެރިކަމަށް ވިސްނާފައި ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކާ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު"ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.
މި ބިލާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ބިލާ މެދު އާންމުން ފާޅުކޮށްފައިވާ ބައެއް ޝުއޫރުތަކަށް ޖަވާބުދީފައެވެ.
އެގޮތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސަފްވާން އިބްރާހީމް ވިދާޅުވީ، މި ބިލާގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު އިންސާނުންނަށްވުރެ ޖަނަވާރުންގެ ހައްގުތައް މާ މުހިންމުވީތޯ ސުވާލު އުފައްދަމުންދާކަމަށެވެ. މިސުވާލުތަކަށް ޖަވާބުދެއްވަމުން ސަފްވާން ވިދާޅުވީ މިއީ އިންސާނުންގެ ރައްކާތެރިކަމަށްޓަކައި ޖަނަވާރުން ގެންގުޅުމުގައި ބައިނަލްއަގްވާމީގޮތުންވެސް ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ރިއާޔަތް ކުރެވިގެން އެކުލަވާލާ ގާނޫނެއް ކަމަށެވެ.
ސަފްވާން ވިދާޅުވީ އިންސާނުންވެސް އުޅެން މިޖެހެނީ ޖަނަވާރުންނާ އެކުގައި ކަމުން މި ބިލުގެ ސަބަބުން އިކޯސިސްޓަމަށް އިތުރު ޔަގީން ކަމެއް ލިބިގެންދާ ކަމަށެވެ. އަދި ރާއްޖެ އެތެރެ ކުރެވޭ ޖަނަވާރުތަކަކީ ބަލިޖެހިފައި ނުވާ ޖަނަވާރުތަކެއް ކަންވެސް ކަށަވަރު ކުރެވޭނެ ކަމަށް ސަފްވާން ވިދާޅުވިއެވެ.
ސަފްވާން ވިދާޅުވީ މި ޤާނޫނު ވުޖޫދުވުމުން ޖަނަވާރުން އިމްޕޯޓުކުރުމާއި ރީ-އެކްސްޕޯޓު ކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ސަފްވާން ވަނީ ރާއްޖޭގައިވެސް ޖަނަވާރުންނަށް އަނިޔާކުރުމާއި ގޯނާކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާކަން ފާހަގަ ކުރައްވާފައެވެ. މިއީ ތަހުޒީބު މުޖްތަމައަކުން ފެނިގެންވާނެ މަންޒަރެއް ނޫންކަން ފާހަގަ ކުރައްވަމުން ސަފްވާން ވިދާޅުވީ އަލަށް އެކުލަވާލާ ގާނޫނުގެ ސަބަބުން މިފަދަ ކަންކަން ހުއްޓުވުމަށްވެސް އިތުރު ބާރެއް ލިބިގެން ދާނެކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާއި ވިއްސައި އާލާކުރުމުގައި ޖަނަވާރުގެ ސިއްހީ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތައް ވަނީ ހިމަނާފައެވެ.
އަދި ރާއްޖެއަށް ޖަނަވާރުން އެތެރެކުރުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި، ރާއްޖޭން ބޭރަށް ގެންދިޔުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާގުޅުންހުރި އުސޫލުތަކާއި މިންގަނޑުތައް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު