ކަސްޓަމްސްއިން  މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތީގެ ޕެކޭޖެއް
ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތީގެ ޕެކޭޖެއް
ކާގޯގެ ގޮތުގައި ވައިގެ މަގުން ރާާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ ވައިގެމަގުން ތައިލެންޑުން ރާއްޖެ ގެނައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އެ ތަކެތި ބަލައި ފާސްކުރި އިރު 20 ޕަކެޓް ފެނުނު ކަމަށާއި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު ކެނެބިސްއަށް ޕޮޒިޓިވްވި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތީގެ ބަރުދަނުގައި 1097 ގްރާމްހުރި އިރު ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުން އޭގެ އަގު 877،600 ރުފިޔާއަށް އަރާނެ އެވެ.

އެ ޝިޕްމަންޓް އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ކަސްޓަމުން ހާމައެއް ނުކުރެ އެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަށްޓަކައި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ނިމިގެން ދިޔަ ހަފްތާގައި ކަސްޓަމްސްއިން ވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން