އަހުމަދު މަސްނޫމް   6 ސެޕްޓެމްބަރު 2020 - 20:17
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކަމަށް ނާސިހު، ނައިބް ރައީސަކަށް އިބްރާހިމް ރަޝީދު ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސިވިލްސާވިސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަންގެ މެމްބަރުކަމަށް މަޖިލީހުން ރުހުން ދިން ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސް، އަދި ނައިބް ރައީސަކު ކަނޑައަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަންގައި މިހާރު ތިއްބެވި 5 މެމްބަރުންގެ ތެރެއިން ރައީސް އަދި ނައިބް ރައީސްކަމަށް ނަންހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރައީސްކަމަށާއި ނައިބް ރައީސްކަމަށް ނަންތައް ހުށަހެޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާ މެންބަރު ޙުސައިން ޝަހީމެވެ.

ރައީސްކަމަށް ޝަހީމް ހުށަހެޅުއްވީ މުހައްމަދު ނާޞިހުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވި އިބްރާހިމް ރަޝީދުގެ ނަމެވެ.

ސީއެސްސީގެ ހުސްވެފައިވާ 4 މަޤާމަށް މެމްބަރުން ކަނޑަޅައި މަޤާމުގެ ހުވާކޮށް މަގާމު ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މަޖިލީހުން ސީއެސްސީގެ ހުސްވެފައިވާ 4 މަޤާމަށް މެމްބަރުން ހަމަޖެއްސުމާއި ގުޅިގެން މިހާރު ސީއެސްސީގެ ޤާނޫނީ މެމްބަރުންގެ އަދަދު ވަނީ ހަމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން