ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް އަލުން ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލު ކުރަން ނިންމައި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އެވެ.
މި ބިލް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން ރައީސް ވަނީ ބިލް ތަސްދީގު ނުކުރައްވައި އަލުން ދިރާސާ ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. ރައީސް މި ބިލް ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށްބުނެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުންނެވެ.
އެ ބިލާ މެދު މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޝްވަރާ ކޮށްފައިވާއިރު، ބިލު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ 50 މެމަބަރުންގެ ވޯޓާއެކުގައެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.
މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި، މެންބަރުންގެ ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު