ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލަ ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހަޅައިފިއެވެ.
އެގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށެވެ.
މި މައްސަލަ ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހެޅުއްވީ ސަސްޕެންޑުގައިވަނިކޮށް ފަނޑިޔާރު ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ.
މި މައްސަލާގައި ސުއޫދު ބައިނަލްއަގްވާމީ އިދާރާތަކުން އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ، ފަނޑިޔާރުންނާ މެދު އަޅާފައިވާ ޣައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.
އެގޮތުން މައްސަލަ ހުށަހެޅުއްވިއިރު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި ގޮތާއި، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަން ގާނޫނަށް ގެންނަން އުޅުނު އިސްލާހާ ގުޅޭ ތަފްސީލުތައް އޭނާ ވަނީ ހިމަނާފައެވެ.
ހުސްނުއްސުއޫދު ހުށަހެޅި މައްސަލާގައި ވިދާޅުވީ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފެށުނު ފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުން ލާޒިމްވާ ގޮތަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ބިލް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރެއްވި ކަމަށްވެސް މައްސަލާގައި ވެއެވެ.
އަދި މައްސަލައިގެ އަޑުއެހުން ކުޑަތަން ވެފައިވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށާފައިވާކަމަށް ބުނެ، ފަނޑިޔާރުން ސަސްޕެންޑު ކުރި ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިއީ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް އެޅި ފިޔަވަޅުތަކެއް ކަމަށްވެސް އޭނާ ވަނީ މައްސަލާގައި ފާހަގަ ކޮށްފައެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލާގައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު އެޖެންޓެއް ފޮނުވައިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ދެއްވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް ފޯރުވަމުންދާ ކަމަށާއި، ޖޭއެސްސީއަށް އެމަނިކުފާނުގެ ވަފާތެރިން އައްޔަންކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސުޢޫދު ސުޕްރީމް ކޯޓަށް އައްޔަނު ކުރީ ވެސް ޤާނޫނަށް އިސްލާހު ގެނަސް 7 ފަނޑިޔާރުންނަށް ކޯޓުގެ ބެންޗު ބޮޑުކޮށްފައެވެ. ސުޢޫދު ކޯޓަށް އައްޔަން ކުރީ ސުޢޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެ އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ.
ހުސްނުއްސުއޫދު އާއެކު ސަސްޕެންޑު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ޖޭއެސްސީން މިހާރު ގެންދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު