ޝަހީދު ރައީސް މުއިއްޒުއާއެކު
ޝަހީދު ރައީސް މުއިއްޒުއާއެކު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިިފި އެވެ.

ޝަހީދު އެ މަގާމަށް އައްޔަނުކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ސިޓީގައި ރައީސް މުއިއްޒު ވިދާޅުވީ ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ހުށަހެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ލަފާ ދެއްވުމުން ކަމަށެވެ. އެހެންވެ އެކަމާމެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓިއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު މަގާމުން ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.

ސުއޫދުއާއެކު ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރުވެސް ސަސްޕެންޑްކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން