ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި މައްސަލަ އޭނާގެ ފަރާތުން އދ.އަށް ހުށަހަޅުއްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ އެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް ޝަމީލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޑރ. އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާއަތްތަކާ ގުޅިގެން އދ ގެ ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
މި މައްސަލަ އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށް ވަކީލު ޝަމީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވާފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުއޫދު ވަނީ ސަރުކާރުން ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާކަމަށް ވިދާޅުވެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ހުށައަޅުއްވާފައެވެ.
ފަނޑިޔާރު ސުއޫދު އދ. އަށް ހުށަހެޅުއްވި މައްސަލައިގައި ބުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފި ނަމަ އެ ހުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު