މަކަރާ ހީލަތުން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓުތައް ފްރީޒް ކުރުމަށް ފުލުހުންނަށް ދީފައިވާ ބާރާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލުކުރަން ފަށައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއާއެކު، ބޭންކް އެކައުންޓުތަކުގައި ހުންނަ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ބާރު ދިވެހި ފުލުހުންނަށް ދީފައިވާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައިވާކަން ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް އާދަމް ނަވީދު ވިދާޅުވީ މި އިސްލާހަށް އަމަލު ކުރަށް ފެށުމުގެ ކުރިން އެކައުންޓުތައް ފްރީޒު ކުރެވެނީ ކޯޓު އަމުރެއް އޮވެގެން ކަމަށެވެ. އަދި އެކަމަށް ވަގުތު ހޭދަވާތީ، އެކައުންޓުން ފައިސާ ނަގާއިރު ވެސް ނުހުއްޓުވޭ ފަހަރު އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ކޯޓު އަމުރަކާ ނުލައި ވަގުތުން އެކައުންޓުތައް ފްރީޒް ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވާ ކަމަށް ނަވީދު ވިދާޅުވިއެވެ.
ނަވީދު އިތުރަށް ވިދާޅުވީ ފުލުހުންނަށް ސްކޭމް ރިޕޯޓެއް ލިބުމާއެކު ފުލުހުން ދާނީ އެ މައުލޫމާތު ވަގުތުން މާލީ އިދާރާތްތަކާވެސް ހިއްސާ ކުރަމުން ކަމަށެވެ. އަދި ކޯލް ނިމޭއިރު މާލީ އިދާރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި، އެގޮތުން އެ ނިޒާމުގެ ތެރެއިން އެކައުންޓުން ފައިސާ ބޭރުވުމުގެ ކުރިން ހުއްޓުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ސްކޭމް މައްސަލަތައް ގިނަވަމުން އަންނައިރު، ސްކޭމަރުން ގެންގުޅޭ އުކުޅުތައް ވެސް ދުވަހުން ދުވަހަކަށް ބަދަލުވަމުންދާ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަތައް ބޮޑުވުމުގެ ސަބަބުން ފުލުހުން މިހާރު ވަނީ މިކަމަށް ހާއްސަ ކޯލް ސެންޓަރެއްވެސް ގާއިމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު