ވަގަށް ނެގި ސައިކަލެއް ދުއްވަމުން ދަނިކޮށް ފުލުހުން ހުއްޓުވުމުން އޮޅިގެން އެރުނީ ކަމަށް ބުނި މީޙަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި، ޗާންދަނީގެ، މުހައްމަދު ފާރިހު (35އ.) ކަމަށެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސީންއިން ފުލުހުން އޭނާ ހުއްޓުވައި ސައިކަލުގެ މަޑި ހުޅުވަން ބުނުމުން އޭނާއަށް ނުހުޅުވުނު ކަމަށާއި އެހެންވެ ވަގަށް ނަގާފައިވާ ސައިކަަލެއް ކަމަށް ބެލެވިގެން ފާރިހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
އަދި ފާރިހުއާ ސުވާލުކުރުމުން އެއީ އޮޅިގެން އެރުނު ސައިކަލެއް ކަމަށާއި އަސްލު އަރަން އުޅުނީ ޖެހިގެން ހުރި ކޮއްކޮގެ ސައިކަލަށް ކަމަށް ވެސް ބުނި ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ފާރިހުގެ އެފަދަ މައްސަލަތަކުގެ ހައްޔަރާއި ބަންދުގެ ގިނަ ރެކޯޑްތައް އޮންނަ ކަމަށް ވެސް ބަންދު އަމަރުގައި ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފާރިހު 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު