ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ
ފަނޑިޔާރަކު ނޫސް ބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ އެފަދައިން ވިދާޅުވީ ސަސްޕެންޝަންގައި މިހާރު ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސް ބަޔާން ނެރުއްވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޒްމިރަލްދާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމުމާ ގުޅިގެން ނެވެ.

އެކަމާ ގުޅިގެން ދީދީ ރޭ އެކްސްގައި ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސުލޫކީ މައްސަލަޔަކަށްވާނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ސިޔާސީ ޚިލާފުތަކާ ގުޅިގެން ކޮމެންޓްކޮށް ނެރޭ ބަޔާންތައް ކަމަށެވެ، އަދި އެއީ ފަނޑިޔާރަކީ ވަކިފަރާތަކަށް ބުރަނުވެ ތައައްސުބުން އެއްކިބާވެ ތިބެންޖެހޭ ބަޔަކަށް ވާތީއާއެކުވެސް ކަމަށް ދީދީ ވިދާޅުވި އެވެ.

"އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާ ގުޅުންހުރި އިދާރީ ކަންތަކާއި، އަދި އެ ނިޒާމުގެ މުސްތަގިއްލުކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ނުވަތަ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، މަންހަޖީ ނުވަތަ ސިސްޓެމެޓިކް ގޮތެއްގައި ހިންގޭ ކަންތައްތަކާ ގުޅިގެން ކޮމެންޓް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމުގައި ނުބެލެވޭނެ." ދީދީ ވިދާޅުވި އެވެ.

އަޒްމިރަލްދާގެ ބަލަމުންދާ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އަޑު އެހުމެއް ބާއްވާފައިވާ އިރު މިއަދުވެސް އޭނާގެ އަޑު އެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އަޒްމިރަލްދާއަށް ޖޭއެސްސީން ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ. ނަަމަވެސް އަޒްމިރަލްދާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން