މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލް އާ ގުޅޭ ގޮތުން ރައްޔަތުން ވަރަށް ގިނަ ޝަކުވާތައް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންދާ ކަމަށެވެ.
އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަން ތަކަށް އެއްފަަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީ ވާން ޖެހޭ ވަރަށް ޖަވާބުދާރީ ނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.
ރައްޔިތުންނަށް ބައިވެރިވެ ސުވާލުކުރެވޭގޮތަށް، ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުން އެދި އަޅުގަނޑު މަޖިލީހުގެ ރައީސަށް މިއަދު ވާނީ ސިޓީއަކުން ދަންނަވާފަ@MohamedNasheed @bankofmaldives@Mihaarunews @sukunplay pic.twitter.com/dJEhwB3ZeB
— Haitham Ahmed (@ahmhaitham) September 6, 2020
ރައްޔިތުން ފާހަގަ ކުރާ ޝަކުވާތަކަށް ބީއެމްއެލުން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބު ދާރީ ވެފައިވާތަން ނުފެންނަ ކަމަށް ހައިތަމް ފާހަގަ ކުރައްވާފައި ވެއެވެ.
މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ރައްޔިތުން ބައިވެރިވެ އެބޭފުޅުންނަށް ސުވާލު ކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.
ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ އެކައުންޓުން ފައިސާ ކެނޑެނީ "ފޮރިން ޕާޗޭސް" އެއް ކަމަށް ބުނެ ކަމަށެވެ. މިގޮތަށް ފައިސާ ކެނޑޭ ގިނަ އެކައުންޓުތަކުން މަދުވަނީ 100 ރުފިޔާއަށްވުރެ ކުޑަކޮށް ނުވަތަ އެއަށްވުރެއް މާ ބޮޑު ނޫން އަދަދަކުން ކަމަށް ބައެއް މީހުން ބުނެއެވެ.
on 3rd i find out im being scammed (history details say paypal wuhanouyuew), so on the same day, i withdraw whatever thats left, call bml and cancel my card. Please check your account history bc turns out the same thing is happening to so many people!!! pic.twitter.com/8K8K3hevLj
— Nihaya 🎈 (@NihayaAhmed) September 5, 2020
މީގެ ކުރިން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ބީއެމްއެލް ކާޑުތަކުން ކުރާ ފައިސާގެ މުއާމަލާތްތަކަށް ދެފަހަރަށް ފައިސާ ކެނޑޭ މައްސަލައެއްވެސް ފެންމަތިވެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވެއެވެ. އެގޮތަށް ކެނޑުނު ފައިސާ ބޭންކުން ފަހުން ޖަމާކޮށްދީފައިވާ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ގޮތް ނޭނގި ފައިސާ ކެނޑެމުން އަންނައިރު، އެބޭންކުން ފޯރު ކޮށްދޭ ވިސާ ޑެބިޓް ކާޑުގެ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ވެސް ލީކުވި ކަމުގެ މައްސަލަތަކެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފެންމަތިވެފައިވެއެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ އެ މައްސަލަ އެބޭންކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
Transactions deducted recently from accounts are genuine transactions that were on hold and not processed earlier. Customers can click on the transaction on internet banking to view the date under the description field. Our sincere apologies for the inconvenience caused. (1/2)
— Bank of Maldives (@bankofmaldives) September 6, 2020
ބޭންކުން ބުނީ ގޮތްނޭނގޭ އީމެއިލްތަކުގައި ހުންނަ ލިންކުތަކަށް ފިތުމުން ކަސްޓަމަރުންގެ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު ނޭނގި ނަމަވެސް އެހެން ފަރާތްތަކާ ހިއްސާ ކުރެވިފައި އެބަހުރި ކަމަށެވެ. އަދި އެކައުންޓުތަކުން ކެނޑިފައިވާ ފައިސާއަކީ ޖެނުއިން ޓްރާންސެކްޝަންތަކެއް ކަމަށާއި، އެއީ ކުރިން ޕްރޮސެސްނުކޮށް ހޯލްޑުކޮށްފައި ހުރި ޓްރާންސެކްޝަންތަކެއް ކަމަށް ވެސް ބޭންކުން ބުންޏެވެ.
ޓްރާންސެކްޝަން އާ ބެހޭ އިތުރު ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބެލޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު