ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ޚިލާފުވެފައިވަނީ ސުލޫކީ ކޮން ކަމަކާކަން ސާފު ނުވާކަމަށް ފަނޑީޔާރު މަހާޒްގެ ޤާނޫނީ ވަކީލް މިއަދު ވިދާޅުވެއްޖެއެވެ.

މިވަގުތު ސަސްޕެންޝަންގައި ހުންނެވި ފަނޑީޔާރު މަހާޒް މިއަދު ޖޭއެސްސީއަށް ޙާޟިރު ކޮށްފައިވާއިރު އޭނާގެ ވަކީލާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ބުނެފައިވަނީ ޖޭއެސްސީން ފަނޑިޔާރު މަހާޒަށް ކޮށްފައިވާ ސުލޫކީ ތުހުމަތާ ގުޅުންހުރި ސުވާލެއް މައްސަލައިގެ ތަހުގީގުގައި ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ތަހުގީގަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ފަނޑިޔާރު ވަނީ ޖޭއެސްސީގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށް ވަކީލް ވިދާޅުވިއެވެ.

“ސާފެއް ނުވޭ ފަނޑިޔާރު މަހާޒު ކުރައްވައިގެން އުޅުއްވަނީ ކޮން ކަމެއް ކަމެއް. ފަނޑިޔާރު ހިލާފުވެފައިވަނީ ސުލޫކީ ކޮން ކަމަކާ ކަމެއް.” ވަކީލް ވިދާޅުވެފައިވެއެވެ.

ވަކީލާއި ޙަވާލާދީ އޮންލައިން މީޑިއާގައި ބުނެފައިވަނީ ޖޭއެސްސީން ފަނޑިޔާރާ ސުވާލު ކުރެއްވީ ހައި ކޯޓުގެ މުވައްޒަފެއް ސުޕްރީމް ކޯޓަށް ގެނެވިދާނެތޯ އާއި ސުޕްރީމް ކޯޓުން ބަލާ މައްސަލައަކާ ގުޅިގެން ދަށު ކޯޓުން ލިޔުންތައް ގެންނަ އުސޫލާ ގުޅޭ ގޮތުން ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު މަހާޒަށް ކޮށްފައިވަނީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 2022 ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް އޭނާއަށް ހުތުރުބަހުން މުޚާތަބުކުރި މަޖިލީހެއްގައި އެ ފަނޑިޔާރު އިންނެވި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލާގައި އެ ޢަމަލު ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރު ޙުސްނުއް ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވާފައެވެ.

މި މައްސަލައިގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން