މިދިޔަ އަންގާރަ ދުވަހު، ތުރުކީ އިން ޔުކްރެއިންއަށް ދަތުރުކުރި ފަސިންޖަރަކު ފްލައިޓު ޖެއްސުމުން، ހޫނު ވާތީ ކަމަށް ބުނެ ފްލައިޓުގެ އެމަރޖެންސީ ދޮރު ހުޅުވައިގެން ނުކުމެ ފްލައިޓުގެ ފިޔަފަތްގަނޑު މައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވިޑިއޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

އާންމުކޮށްފައިވާ މި ވީޑިއޯ އިން ފެންނަގޮތުން ފްލައިޓުން ދަތުރު ކުރި އަންހެނަކު ފްލައިޓުގެ ފިޔަފަތްގަނޑު މަތީ އިށީނދެ އިނުމަށްފަހު، ތެދުވެގެން ގޮސް ފްލައިޓުގެ ހުޅުވިފައިވާ އެމަރޖެންސީ ދޮރުން އެތެރެއަށް ވަންނަތަންފެނެއެވެ.

ޔުކްރެއިންގެ އިންޓަރނޭޝަނަލް އެއަރލައިންގައި ހިނގާދިޔަ މިހާދިސާ އާ ގުޅިގެން މި އަންހެން މީހާއަށް މިއެއަރލައިންއިން ދަތުރު ނުކުރެވޭ ގޮތަށް ބްލެކް ލިސްޓު ކޮށްފައިވާ ކަމަށް ޔުކްރެއިން އިންޓަރނޭޝަނަލް އެއަރލައިން އާ ހަވާލާދީ ދަ ސްޓާ ނިއުސް އިން ހާމަކޮށްފައިވެއެވެ. އޭނާ ބްލެކް ލިސްޓު ކޮށްފައިވަނީ އޭވިއޭޝަންގެ ގަވާއިދުތަކާ ހިލާފުމުގެ ސަބަބުންނެވެ.

މި އަންހެން މީހާ އެމަރޖެންސީ ދޮރު ހުޅުވި އިރު ފްލައިޓުގެ ގިނަ ފަސިންޖަރުން ވަނީ ފައިބާފައެވެ. އަދި މިއަންހެން މީހާ އަލުން ފްލައިޓު ތެރެއަށް ވަންއިރު އޭނާ އާއެކު ދަތުރު ކުރި އޭނާގެ ދެކުދިން ވެސް ވަނީ ފްލައިޓުން ފައިބައިފައެވެ.

މިއަންހެން މީހާ ފްލައިޓުގެ ފިޔަގަނޑު މަތީގައި ހުރިތަން ފެނިފައި، ފްލައިޓުގެ ޕައިލެޓް ވަނީ ފުލުހުންނަށާއި، އެމްބިއުލަންސް އަދި ބޯޑަރު ގާޑުންނަށް އަންގާފައެވެ. ފްލައިޓުން ފޭބުމުން އޭނާގެ ތަހުލީލުތަކެއް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އަންހެންމީހާގެ ފަރާތުން މަސްތުވާ ތަކެތީގެ އަސަރު ފަދަ އެއްވެސް އެފަދަ އަސަރެއް ފެނިފައެއްނުވެއެވެ.

މިއަންހެން މީހާގެ އަމަލްތައް ހުރިގޮތުން އޭނާއަކީ ރަނގަޅު ބެލެނިވެރިއެއް ކަމުގައި ނުބުނެވޭނެ ކަމަށް ޔުކްރެއިންގެ އިންޓަރނޭޝަނަލް އެއަރލައިނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން