ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ސްޕޮންސަރ ކުރާ، މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕަށް ކުރިމަތިލި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) ލެވެލް އަށް ކުރިޔަށްގެންދާ މި ކޯސް ކުރިޔަށްދާނީ އިނގިރޭސި ވިލާތުގައެވެ. ސްޓެލެކޯއިން ވަނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ އަށް އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިންގ އަށް ދެ ޖާގަ ހުޅުވާލާފައެވެ.
މި ކޯހުގައި ބައިވެރިވެވޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 24 އަހަރުން ދަށުގެ ދިވެހި ރައްޔިތަކަށް ވުން ހިމެނެއެވެ. މި ކޯހަކީ ސްޓެލްކޯއިން އެއްކޮށް ސްޕޮންސަރ ކުރާ ކޯހެއްކަން ފާހަގަ ކުރެވެއެވެ.
ސްޓެލްކޯއިން ބުނީ މި ސްކޮލަޝިޕް ޕްރޮގްރާމާ ގުޅޭގޮތުން އެ ކުންފުނީގެ ވެބްސައިޓުންނާއި ހޮޓްލައިނަށް ގުޅައިގެން މައުލޫމާތު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު